
ޝާހިދު، ޝީ ޖިންޕިން އާ ބައްދަލުކުރެއްވީ "ފައިވް ޕްރިސިޕަލްސް އޮފް ޕީސްފުލް ކޯ-އެގްޒިސްޓެންސް" އަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި ޗައިނާގެ ވެރިރަށް ބެއިޖިންގް ގައި ބޭއްވި ކޮންފަރެންސްގެ ހަވާސާގަ އެވެ.އެއީ ޗައިނާގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިއްމު ފަސް އަސާސްތައް ސައިނޯ-އިންޑިއަން އެގްރިމަންޓްގައި ހިމެނިތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ކޮންފަރެންސްއެކެވެ.ޝާހިދު ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރެއްވީ އެ ކޮންފަރެންސްގައި ޝީ ދެއްވި ތަގުރީރުގެ ކުރިންނެވެ.ޝީގެ ތަގުރީރަށް ފަހު ޝާހިދު އެކްސްގައި ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިހްތިރާމުކޮށްގެން ދުނިޔޭގެ ސުލްހަ އާއި އަމާންކަން ގާއިމްކުރުމަށް ޝީ ކުރައްވާ މަސައްކަތްތަކުން ހިތްވަރު ލިބޭ ކަމަށެވެ.