ވ. ތިނަދޫ ކައުންސިލް ރައީސްގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް
އަބްދުﷲ މައުރޫފް
19 އޮކްޓޫބަރ 2026 - 22:20
0 comments
ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއުގެ ގޮނޑި ގެއްލުނު ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ން ނިންމުމުން ބާއްވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ޓިކެޓް ޝުޖާއުއަށް ލިބިވަޑައިގެންފި އެވެ.
އޭނާ ގޮނޑި ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ނިންމީ މިދިޔަ ޖުލައި މަހު 19 ވަނަ ދުވަހެވެ.
ޝުޖާއު ބައެއް މީޑިއާ ތަކަށް މިއަދު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ބާއްވާ އެތެރޭގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލެއްވީ އޭނާ އެކަނި ކަމަށެވެ. އެެހެންވެ އިތުރު ޕްރައިމަރީއެއް ބޭއްވުމެއް ނެތި ޝުޖާއުއަށް އެމްޑީޕީގެ ޓިކެޓް ވަނީ ލިިބިވަޑައިގެންފަ އެވެ.ބައި-އިލެކްޝަނަށް ކުރިމަތިލުމަށް ދެން ބާކީ އޮތީ ހަފުތާއެކެވެ. ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އަންނަ ހަފުތާގެ ހޯމަ ދުވަހަށް ހަމަވާއިރު، ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމާފައިވަނީ އަަންނަ މަހު 28ގަ އެވެ.ޝުޖާއު އޭރު އިންތިހާބުވި ޑިމޮކްރެޓްސްއަކީ އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރިން އުފެއްދެވި ޕާޓީއެކެވެ.ނަމަވެސް ނަޝީދާއި އެ މަނިކުފާނުގެ ވަފާތެރި ގިނަ ބޭފުޅުން މިފަަހުން އަނބުރާ އެމްޑީޕީއަށް ގުޅިވަޑައިގަތުމުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ގާނޫނުން ލާޒިމުކޮށްފައިވާ އެންމެ ދަށް އަދަދު ކަމަށްވާ 3،000 މެމްބަރުން ޑިމޮކްރެޓްސްގައި ހަމަނުވާތީ އެ ޕާޓީ ވަނީ އުވާލާފަ އެވެ.ޝުޖާއު ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ޑިމޮކްރެޓްސް ޕާޓީ އުވާލުމުން ކަމަށެވެ.