

އެމްޑީޕީން މިއަދު އާންމު ކުރި ޓައިމްލައިންގައިވާ ގޮތުގައި އިންތިހާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު 27 ވަނަ ދުވަހުއެވެ. އަދި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ މެންފުރުފަހު 2:30 އިން ރޭގަނޑު 8:00 އަށެވެ.
އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ އުސޫލާއި ފޯމު މާދަމާ އާންމުކުރާނެ ކަމަށާއި އަދި އިންތިހާބަށް ކުރިމަތިލުމަށް މި މަހުގެ 10 ވަނަ ދުވަހު އިއުލާނުކުރާނެ ކަމަށް ޓައިމްލައިންގައި ބުނެފައިވެއެވެ.މި އިންތިހާބުގައި ވޯޓު ލެވޭނީ މި މަހުގެ 20 ވަނަ ދުވަހުގެ 2:00 އާ ހަމައަށް ޕާޓީގެ ދަފުތަރުގައި ހިމެނޭ މެންބަރުންނަށް ކަމަށް އެ ޕާޓީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.އިންތިހާބުގެ ބައެއް ޓައިމްލައިންމި އިންތިހާބުގައި ރީރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ 2:00 އަށް ހުޅުވާލާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
އިންތިހާބުގެ ދާއިމީ ވޯޓާސް ލިސްޓު ނޮވެމްބަރު 14 ވަނަ ދުވަހު އާންމުކުރާއިރު ވޯޓުފޮށި ބަހައްޓާނެ ތަންތަން ނޮވެމްބަރު 23 ވަނަ ދުވަހު އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިހާބު ބާއްވާ ދުވަހުގެ ރޭ ވަގުތީ ނަތީޖާ އިއުލާނު ކުރާއިރު ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ.