ވިޔަފާރި
"އުރީދޫ ފަން ރަން"ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
މިއަހަރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

މި ދުވުމުގެ ފޯރި އިތުރުކުރުމުގެ ގޮތުން، ޕްރީ އިވެންޓު ހަރަކާތްތަކެއް ބޭއްވުމުގެ ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޑިސެމްބަރު 10 ވަނަ ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. އަދި  އެރޭ 8:00 އިން 12:00 އަށް މިޔުޒިކް ޝޯއެއް އޮންނާނެ އެވެ. 

ފަން ރަން އޮންނާނީ ޑިސެމްބަރު 11ގައި ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި 7،500 އަށްވުރެ ގިނަ މީހުން ބައިވެރިވެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

އުމުރުން 6 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭ، 5 ކިލޯމީޓަރުގެ މި ދުވުމަކީ ތަފާތު މަޖާ ހަރަކާތްތަކާއެކު ހުރިހާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ދުވުމެކެވެ.

މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފައި، ޖޮގްކޮށްފައި، ނޫނީ ނަށަމުންވެސް މި ދުވުން ނިންމާލެވިދާނެ އެވެ.

ފަން ރަން 2026 ގެ ހާއްސަ ހަރަކާތްތަކެއް މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަން ރަން 2026ގެ ހަރަކާތަކުގެ ތެރޭގައި

  • ކުޑަކުދިންގެ ހަވީރު: ޑިސެމްބަރު 10 - ހަވީރު 4:00 އިން 6:00 އަށް. ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ މަޖާ ހަރަކާތްތަކެއް ހިމެނޭ ހަވީރެއް.
  • މިއުޒިކް ޝޯ: ޑިސެމްބަރު 10 - ރޭގަނޑު 8:00 އިން 11:59 އަށް. ރާއްޖޭގެ މަގުބޫލު ބޭންޑުތަކުގެ ހުށަހެޅުންތައް ފެނިގެންދާނެ ފޯރިގަދަ ޝޯއެއް.
  • ފަން ރަން: ޑިސެމްބަރު 11 - ހަވީރު 3:45 އިން 6:00 އަށް. ކޮންމެ ކިލޯމީޓަރެއްގައި އިންފްލޭޓަބަލްތަކާއި، ކުލަޖެހުމުގެ އިތުރުން، ފޯމް ޕާޓީ އާއި، ލަކީ ޑްރޯ އަދި ކާބޯތަކެތީގެ ސްޓޯލްތައް ހިމެނޭ.
އުރީދޫ އިން ބުނީ މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ދެ ކިޓެއްގެ ތެރެއިން ބޭނުންވާ ކިޓެއް އިހުތިޔާރު ކުރެވޭނެ ކަމަށެވެ.

އެ ގޮތުން 210 ރުފިޔާގެ ފަން ކިޓްގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ، ދަބަސް އަދި އައިގްލާސް ހިމެނެ އެވެ. މީގެ އިތުރުން މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވާ ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި ބިބްގައި ބައިވެރިން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ.

ސްޓޭންޑަޑް ކިޓްގެ އަގަކީ 110 ރުފިޔާ އެވެ. މި ކިޓްގައި ފަން ރަން ޓީޝާޓް، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނެ އެވެ.

ފަން ރަން 2026 ގައި ރަޖިސްޓްރީވުމުގެ ފުރުސަތު ނޮވެމްބަރު 7 ވަނަ ދުވަހުގެ ރޭ 11:59 އާ ހަމައަށް ހުޅުވާލާފައިވާއިރު ވީހާވެސް އަވަހަށް ރަންގައި ރަޖިސްޓްރީވުމަށް އުރީދޫ އިން ވަނީ ދައުވަތު އަރުވާފަ އެވެ.

އުރީދޫ ފަން ރަންގެ ވެބްސައިޓް މެދުވެރިކޮށް މި ދުވުމުގައި ރަޖިސްޓްރީވެ ކިޓް ބައްލަވައިގަނެވޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު