ވިޔަފާރި
"ގްރޯ ވިތް އުރީދޫ" ގެ ދަށުން ދިއްފުށީގައި ގަސް އިންދައިފި
އުރީދޫ މޯލްޑިވްސް އިން ކ. ދިއްފުށީގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

"ގްރޯ ވިތު އުރީދޫ" މެދުވެރިކޮށް، އުރީދޫން އަންނަނީ ތިމާވެއްޓާ މެދު ޒިންމާދާރުވުމަށް ބާރު އެޅުމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި ލޯކަލް ކައުންސިލްތަކާއި މުޖުތަމައުތަކާއި އެކި ޖަމިއްޔާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

އެ ރަށު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން، 'ގްރޯ ވިތު އުރީދޫ' އިސްނެގުމުގެ ދަށުން މިކަން ކުރިއަށް ގެންދިޔައީ މިދިޔަ ބުރާސްފަތި އެވެ. އެ ހަރަކާތުގަ ދިއްފުށީށުގެ ގިނަ ބަޔަކު ބައިވެރިވެ އެ ރަށުގެ އެކި ސަރަހައްދުގައި ގަސް އިންދާފައިވާ ކަމަށް އުރީދޫ ބުންޏެވެ.

އެ ކުންފުނިން ބުނީ އެއީ ދިއްފުށީގެ ފެހިކަން އިތުރު ކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އެ ހަރަކާތަށް ގަސް ހަދިޔާކުރީ އެޗްޑީސީންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު