
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމު ހުސްވެފައިވާތީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އެ މަޤާމަށް ކުރިމަތިލުމަށް އިޢުލާންކުރުމުން އިޖާބަދެއްވި ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުއްވާފައިވާ ކަމަށެވެ.