ޔޫނުސް އިބްރާހިމް
22 ސެޕްޓެމްބަރ 2026 - 16:39
0 comments
ރައްޔިތުންގެ މަޖިލީހުގައި ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ޕީއެންސީގެ 15 މެމްބަރުން ހިމެނޭ ވަފުދެއް ޕާކިސްތާނަށް މިއަދު ފުރާވަޑަައިގެން އެވެ.
މި ވަފުދުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ.އަބްދުއްރަހީމްގެ އިތުރަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ނައިބު ލީޑަރުންނާއި، ޕާޓީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިބްރާހީމް ޝުޖާއުވެސް މިވަފުދުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.ޕީއެންސީން ބުނިގޮތުގައި މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާއާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ޕީއެންސީން ބުނެއ ެވެ.ޕާކިސްތާނަށް ވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ވަފުދުގައި ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިގަންނަވައެވެ.ޕީއެންސީގެ ވަފުދުގެ ބޭފުޅުން:
- މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ޕީއެންސީގެ ޗެއާޕާސަން)
- ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު (ޕީއެންސީގެ ނައިބު ރައީސް)
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
- ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން
- ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީ
- ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު
- ފެލިދޫ ދާއިރާގެ މެމްބަރު އާދަމް ޒާހިރު
- ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު
- ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ (އައިބީ)
- ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު ހަމަދު އަބްދުﷲ
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު
- ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދު
- އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހީމް ޝިފާޒު