ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން ރަސްމާލޭގެ ބޯހިޔާވަހި ކަމަށް ހުރަހެއް ނެތް: ރައީސް
އަބްދުﷲ މައުރޫފް
26 ސެޕްޓެމްބަރ 2026 - 11:32
0
comments
Tweet
Telegram
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާއެކު ރަސްމާލޭގައި ތަރައްގީ ކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ"ގެ ސަބަބުން އެތަނުން ދޭން ނިންމާފައިވާ އެއްވެސް ބޯހިޔާވަހިކަމެއް މަދުވެގެން ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި
ވޯޓާ ފްރަންޓު މެރީނާ
ތަރައްގީ ކުރުމަށް އެއްބަސްވެފައި ވަނީ، ދުބާއީ މޯލް އަދި ބުރުޖު ހަލީފާ ބިނާކުރި އިމާރު ޕްރޮޕަޓީސްގެ ވެރިޔާ މުހައްމަދު އަލްއައްބާރުގެ އީގަލްް ހިލްސް ކުންފުންޏާ އެކު އެވެ. އެގޮތުން:
ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު (309 ބިލިއަން ރުފިޔާ)ގެ މި މަޝްރޫއު ހިންގުމަށް ބޯހިޔާވަހިކަމަށް ހިއްކަމުންދިޔަ ޖުމްލަ 1،100 ހެކްޓަރުގެ ރަސްމާލެއިން 500 ހެކްޓަރުގެ ބިމެއް އެކުންފުންޏަށް ސަރުކާރުން ވަނީ ދީފައި
އެހެންވެ، ސަރުކާރުން އާންމުންނަށް ދޭން ވައުދުވެފައިވާ ބޯހިޔާވަހިކަމަށް މިހާރު އެ ބިމުން ލިބެނީ 600 ހެކްޓަރު
ރަސްމާލެ ހިއްކަން ފެށިއިރު "އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ވެސް އެތަން ކުއްޔަށް ދޭން ނޫނީ ހިލޭ ވެސް" ނުދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމަށް ފަހު، އެޑްވާންސްއަށް އެއްވެސް ފައިސާއެއް ނުނަގައި 99 އަހަރަށް އެވަރުގެ ބޮޑު ބިމެއް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމުން ސަރުކާރަށް ވަނީ ފާޑުކިއުންތައް އަމާޒުވެފަ އެވެ.
"ނޭޝަނަލް ޗެޓް" ޕޮޑްކާސްޓްގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އީގަލް ހިލްސް މަޝްރޫއަކީ އިގްތިސޯދީ ގޮތުންމާއި އުމްރާނީ ގޮތުން ވެސް މުޅި ގައުމުގެ ފެންވަރު މަތިކޮށްދޭނެ މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ އެހެން ލެވެލަކަށް ގެންދެވިގެންދާނެ ކަމަށާއި، ވަޒީފާތައް ވެސް އުފެދިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ވަރަކަށް މި މަޝްރޫއަށް ސޮވެރިން ގެރެންޓީއެއް ދީ ނުވަތަ ސަރުކާރުން ނަގާފައިވާ ލޯނެއް ނުވަތަ ޓެކްސް އިސްތިސްނާއެއް އެއްވެސް އެއްޗެއް ވެސް ނުދެން. ޑިއުޓީ އިސްތިސްނާއެއް ވެސް ނުދެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަސްމާލޭގައި އިގްތިސޯދީ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް، އެތަނުގައި ރައްޔިތުންނަށް ކަނޑައަޅާފައިވާ އެއްވެސް ގޯއްޗެއް، ނުވަތަ ފްލެޓް އެޅުމުގެ މަޝްރޫއެއް ކެންސަލް ވެގެން ނުދާނެ ކަމަށެވެ. އަދި އެއްވެސް ފަރާތެއްގެ ބޯހިޔާވަހިކަމުގެ ހައްގަށް ހުރަސް އެޅިގެން ނުދާނެ ކަމަށެވެ.
"އެންމެނަށް ގޯތި ހަމަޖައްސާ ވަރަށް ބިން އެބައޮތް. އެއްވެސް ގޯއްޗެއް ކެންސަލެއް ނުވާނެ. އަދި ފޯމުތައް ރިވިއުކުރަމުން މިހާރު އެ ގެންދަނީ. ގަބޫލުކުރެވޭ ވަރަށް ގިނަ ރައްޔިތުންނަށް ނުވަތަ ބައެއް ކެޓަގަރީތަކުން އެއްކޮށް ގޯތި ދެވޭނެ ވަރަށް ބިން އެބައޮތް. ފްލެޓް އަޅަން ޖެހޭ ސަރަހައްދުގައި ފްލެޓް އަޅާނެ ޖާގަވެސް ފުރިހަމައަށް އެބައޮތް،" ރައީސް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
9 ގަޑިއިރު ކުރިން
0
ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް
1 ދުވަސް ކުރިން
0
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ހަރަކާތެއް ފަށައިފި
5 ދުވަސް ކުރިން
0
ރަސްމާލެ މަޝްރޫއަކީ ދާއިމަށް ރާއްޖެ އަޅުވެތިކުރާނެ ކަމެއް: ޔާމީން
5 ދުވަސް ކުރިން
0
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދާން ގޮވާލައިފި
ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
"އުރީދޫ ފަން ރަން"ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
8 ގަޑިއިރު ކުރިން
0
ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފި
8 ގަޑިއިރު ކުރިން
0
ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
8 ގަޑިއިރު ކުރިން
0
ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް
9 ގަޑިއިރު ކުރިން
0