ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް
ޔޫނުސް އިބްރާހިމް
20 އޮކްޓޫބަރ 2026 - 19:35
0
comments
Tweet
Telegram
ރަސްމާލޭގައި ވޯޓާ ފްރަންޓަކާއި މެރީނާއެއް އެޅުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގާ ބޮޑު މަޝްރޫއު ނިމުމުން އެ ތަނުން އެއްވެސް ތަނެއް އިސްރާއީލް މީހަކަށް ނުގަނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް މުއިއްޒު ވިދާޅުވީ ރަސްމާލެ އޮތީ ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ކަމަށާއި އެތަނުގައި އެހެން ދީންތަކަށް ފުރުސަތު ނޯންނާނެ ކަމަށެވެ.
"މިއީ ދިވެހި ދައުލަތުގެ ތެރޭގައި އޮތް ބިމެއް. ހުރިހާ ގޮތަކުންވެސް ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި މި އޮތީ. އެހެންވީމާ ދިވެހި ދައުލަތުގެ ގާނޫނުއަސާސީ މިތަނަށް ހިނގާނީ. ގާނޫނުއަސާސީ ވަރަށް ސާފު. އެހެންވީމާ އެއް ގޮތަކަށްވެސް ފުރުސަތެއް އޮތް ކަމެއް ނޫން އެހެން ދީނެއް ޕްރެކްޓިސް ކުރަން. ދީނެއްގެ މީހުން އެތަނުގައި އެ މީހުންގެ ދީނީ ކަންތައްތައް ކުރުމަށްޓަކައި އެކި ކަހަލަ ކަންތައްތައް އެތަނުގައި ހިންގުމަށް ފުރުސަތު ދިނުމަކީ އެއީ ރާއްޖޭގެ އިމުގެ ތެރޭގައި ދިވެހި ދައުލަތުގެ އިމުގެ ތެރޭގައި ހިނގާނެ ކަމެއް ނޫން. ހިންގޭނެ ކަމެއްވެސް ނޫން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އަބަދުވެސް ދެ ލައްކައެއްހާ ފަތުރުވެރިން އުޅޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރިސޯޓުތަކުގައި ހުންނަނީ މިސްކިތް ކަމަށާއި އެހެން ދީންތަކުގެ އަޅުކަންކުރާ އިމާރާތްތައް ނުހުންނަ ކަމަށެވެ. ހަމަ އެގޮތަށް ރަސްމާލޭގައިވެސް ހުންނާނީ މިސްކިތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރަސްމާލެއަށް ބިދޭސީންގެ ބޮޑު އާބާދީއެއް އަންނަ ކަމަށް ސިޔާސީ ފަރާތްތަކުން ވާހަކަ ދައްކަމުންދާއިރު މާލެ ސަރަހައްދުގައި އުޅޭ މަސައްކަތްކުރާ ބިދޭސީންގެ ބޮޑު އާބާދީގެ ވާހަކަ އެ ފަރާތްތަކުން ނުދައްކާ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
"ލައްކައެއް ދެ ލައްކައެއްހާ ބިދޭސީން އެބައުޅޭކަންނޭނގެ މާލޭ ސަރަހައްދުގައިވެސް. މިކަމަށް ސިޔާސީ ގޮތުން ވާހަކަ ދައްކާ ފަރާތްތަކުން އެއްވެސް ވަރަކަށް ރިއާޔަތެއް ނުކުރޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ޕްރޮޕަޓީތަކާ ގުޅިގެން ހިނގާ ކޮންމެ މުޢާމަލާތަކުން ވެސް ދައުލަތަށް މާލީ މަންފާ ލިބިގެންދާނެ ކަމަށެވެ. އެގޮތުން، އެއްބަސްވުމުގެ މުއްދަތު އަމިއްލައަށް އައުވެގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކަތަކެއް ކަމުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ރިސޯޓުތަކުގެ އެއްބަސްވުންތަކާ އަޅާބަލާއިރު، މި މަޝްރޫޢުގެ އުސޫލުތައް މާ ބޮޑަށް ވެސް ދައުލަތަށް ފައިދާހުރި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރިސޯޓުތަކުގެ 99 އަހަރު ހަމަވުމުން ބަދަލު ދޭންޖެހޭ ގޮތަށް ނުވަތަ މުއްދަތު އިތުރުކޮށްދޭންޖެހޭ ގޮތަށް އޮތް ނަމަވެސް، ރަސްމާލޭގެ ޕްރޮޕަޓީތަކުގެ މުއްދަތު ހަމަވުމުން އެތަންތަން ސީދާ ބަދަލުވާނީ ސަރުކާރަށް ކަމަށާއި، އެހެން ފަރާތަކަށް އެތަންތަން ވިއްކުމުގެ އިހްތިޔާރު ލިބިގެންވަނީ ހަމައެކަނި ދައުލަތަށް ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ އެއްފަރާތަކުން ސަރުކާރަށް ނޭނގި އެހެން ފަރާތަކަށް އޯނާޝިޕް ބަދަލުކުރެވި ވިއްކާލާ އެހެން ކޮންޓިނުއަސްކޮށް ހިނގާ ކަމެއް ނޫނޭ. ވިއްކާލާނަމަ ލިބޭނީ ސަރުކާރަށް. ސަރުކާރަށް އެހެން ފަރާތަކަށް ވިއްކަައިލުމުގެ ފުރުސަތު މިއޮންނަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ، މި މަޝްރޫއުގެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ނުހިނގާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި އުފެދޭ ސުވާލުތަކަށް ސަރުކާރުން އަބަދުވެސް ތެދު މަޢުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
17 ގަޑިއިރު ކުރިން
0
ރައީސް މުއިއްޒު ޕާކިސްތާނަށް ފުރާވަޑައިގެންފި
1 ދުވަސް ކުރިން
0
ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ހަރަކާތެއް ފަށައިފި
2 ދުވަސް ކުރިން
0
ހޯރަފުށީގައި ތަރައްގީ ކުރި އައުޓްޑޯ ޖިމުގެ މަސައްކަތް ނިންމާލައިފި
3 ދުވަސް ކުރިން
0
ރައީސް ޕާކިސްތާނަށް ވަޑައިގަންނަވަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
"އުރީދޫ ފަން ރަން"ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
8 ގަޑިއިރު ކުރިން
0
ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފި
8 ގަޑިއިރު ކުރިން
0
ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
8 ގަޑިއިރު ކުރިން
0
ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް
8 ގަޑިއިރު ކުރިން
0