ކުޅިވަރު
ހޯރަފުށީ ކައުންސިލް ކަޕްގައި ދަންމަރު އަށް ފަސޭހަ މޮޅެއް
އެފްސީ ފްރިގޭޓަރގެ މައްޗަށް 4-0 ން މޮޅުވެ، ދަންމަރު ޔުނައިޓެޑް އިން "ހޯރަފުށީ ކައުންސިލް ކަޕް 2026" ގައި ރޭ ކުޅުނު މެޗުން ފަސޭހަ މޮޅެއް ހޯދައިފި އެވެ. 

ރޭ ކުޅުނު މެޗުގައި ދަންމަރު އިން ޖެހި ހަތަރު ގޯލުގެ ތެރެއިން އިސްލާމް އިބްރާޙިމް ދެ ގޯލު ޖެހިއިރު މައިޝަން އަދި ވިޝާމް ވަނީ އެއް ގޯލު ޖަހައިފަ އެވެ.

މިރޭ ކުޅޭ މުބާރާތުގެ 5 ވަނަ މެޗުގައި ހޯރަ 22 ނިކުންނާނީ 22 ސްޕޯޓްސް ކްލަބް އާއި އެވެ.

މި މުބާރާތުގެ ޗެންޕިއަން ޓީމަށް 60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފަވާއިރު ދެ ވަނަ އަށް އަންނަ ޓީމަށް ދެނީ 25000 ރުފިޔާ އެވެ. 

މި މަހުގެ 13 އިން 26 އަށް ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ:

  • ދަންމަރު ޔުނައިޓެޑް
  • 22 ސްޕޯޓްސް ކްލަބް
  • އެފްސީ ފްރިގޭޓަރ
  • ހޯރަ 22
  • އެފްސީ ފްރިގޭޓަރ ޔަންގް
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުޓްބޯޅަ ކުޅޭ ޒުވާނުންގެ ހުނަރު ދައްކާލައި، ހުނަރު އިތުރަށް ތަރައްގީކޮށް ފުޓްބޯޅައިން ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމާއި، ކުޅުންތެރިން އަދި ފުޓްބޯޅަ ޓީމްތައް އުފެއްދުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަން ބަދަހިކުރުމާއި، އެންމެންނަކީ ވެސް ސިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމެވެ. 

ޓީމްތަކުން ބޮޑެތި ތައްޔާރީތަކެއް ވެފައިވާ މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 26 ވަނަ ދުވަހު ގެ ރޭ 20:30 ގައި އެވެ.    

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު