
ހޯރަފުށީ ކައުންސިލް ކަޕް ހުޅުވަން، ހޯރަފުށީ "ކުލަބު ދަނޑު"ގައި ރޭ ކުޅުނު މެޗު ފެށީ ހާއްސަ ރަސްމިއްޔާތުތަކާ އެކު އެވެ. ނަމަވެސް މޫސުން ތަންނުދިނުމުން ދަނޑުގައި ޖޯޝާއި ފޯރިއެއް ނެތެވެ. ކުރިއަށް ހުރި މެޗުތައް ފޯރިގަދަ ވާނެ ކަމަށް ބެލެވެ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ދަންމަރު ޔުނައިޓެޑް އާއި ހޯރަ 22 އެވެ. އެފްސީ ފްރިގޭޓަރ ޖެހި ގޯލުތައް ކާމިޔާބު ކުރީ އަލްޝަން، ނަސީމް، ރަޝީދު އަދި 4 ގޯލް ޖެހި އިބްރާހިމް ރިޒްހާން އެވެ. މޮޅު ކުޅުން ތެރިއަކަށް ހޮވުނީ ވެސް ރިޒްހާން އެވެ.މި މުބާރާތުގެ ޗެންޕިއަން ޓީމަށް 60000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފަވާއިރު ދެ ވަނަ އަށް އަންނަ ޓީމަށް ދެނީ 25000 ރުފިޔާ އެވެ. މި މަހުގެ 13 އިން 26 އަށް ބާއްވާ މި މުބާރާތުގައި ވާދަކުރާ ޓީމް ތަކަކީ: