
ރައީސް މިހެން ވިދާޅުވީ ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވާ ބޭނުންކުރަން ފެށިތާ 8 އަހަރުފުރުމާއި ގުޅިގެންނެވެ.ސިނަމާލެ ބްރިޖަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ބްރިޖަށް ވަޑައިގެން، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާގެ އަރިހުގައި ބްރިޖް ބައްލަވައިލެއްވި އެވެ."ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ލީޑަޝިޕްގެ ދަށުން، ދެގައުމުގެ ބައިވެރިވުން އިތުރަށް ދަނީ ވަރުގަދަވަމުން. އާ ފުރުސަތުތަކާއެކު އާ އުސްމިންތަކަކަށް ދަނީ ވާސިލްވަމުން." ރައީސް ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ޗައިނާއާއެކު އޮތް ދާއިމީ ރަހުމަތްތެރިކަން އާލާކޮށް އެކުވެރިކަން އިތުރަށް ވަރުގަދަކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.ސިނަމާލެ ބްރިޖަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އޭރު ހައުސިން މިނިސްޓަރުކަމުގައި މިހާރުގެ ރައީސް މުއިއްޒު ހުންނެވިއިރު ހުޅުވި ބްރިޖެކެވެ. ތިން އަހަރު ތެރޭގައި މުޅި މަސައްކަތް ނިންމައި ބްރިޖު ރަސްމީކޮށް ހުޅުވީ 30 އޮގަސްޓް 2018 ގައެވެ.8 އަހަރު ފާއިތުވެގެން ދިޔައިރު ވެސް، ފްރެންޑްޝިޕް ބުރިޖަކީ ވެރިރަށުގެ މަލަމަތި ސިފަކޮށްދޭ މައިގަނޑު އެއް ބިނާއެވެ. އަދި މިއީ ދުރުރާސްތާގެ ޢުމްރާނީ ޕްލޭނަކުން ޤައުމަކަށް ގެނެސްދެވިދާނެ ހެޔޮ ބަދަލުތައް ހަނދާންކޮށްދޭ ދިރިހުރި މިސާލެކެވެ.