ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް %10އަށް ބޮޑު ކުރަން ފާސްކޮށްފި
އިސްމާއިލް ރިޒާ
23 އޯގަސްޓް 2026 - 13:49
0
comments
Tweet
Telegram
ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއަށް "އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު"އަށް ސަރުކާރުގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބުނެފައި ވަނީ:
ރާއްޖޭގައި ހިންގާ ކޮންޓްެރަކްޝަން މަޝްރޫއޫތަކުގެ ކޮންޓްރެކްޓްތަކަށް ވާދަ ކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމް ކުރުން
ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިން ޓެކްސް %10އަށް ބޮޑުކޮށް، އެ އަދަދަކީ އެ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ ފުރިހަމަ އަދަދު ކަމަށް ކަނޑައެޅުމަށް
މި ބިލު ދިރާސާ ކުރި މުޅި މަޖިލީހުގެ ކޮމިޓީން ވެސް ނިންމާފައި އޮތީ، ސަރުކާރުން ހުށަހެޅި ގޮތަށް ބިލު ފާސްކުރުމަށެވެ. އަދި މިއަދުގެ މަޖިލިސް ޖަލްސާއަށް ކޮމިޓީ ރިޕޯޓު ހުށަހެޅި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލ\ުފާސްކުރީ 54 މެންބަރުންގެ ވޯޓާ އެކީގަ އެވެ.
މި ބިލު ހުށަހެޅުމުގެ މަގުޞަދަކީ، ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫޢުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މަޖިލިސް މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް!
8 ދުވަސް ކުރިން
0
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަނު ކުރަން ފާސްކޮށްފި
8 ދުވަސް ކުރިން
0
ކަޅު ބާޒާރުގެ އަގު ރިޕޯޓް ކުރުމުން ޖޫރިމަނާ ކުރަން ފާސްކޮށްފި
11 ދުވަސް ކުރިން
0
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް ދެވޭ ގޮތް ހަދައިފި
43 މިނެޓް ކުރިން
0
ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަނީީ
49 މިނެޓް ކުރިން
0
އުތުރުގެ ކެމްޕޭނަށް ޝާހިދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ
18 ގަޑިއިރު ކުރިން
0
ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
18 ގަޑިއިރު ކުރިން
0