ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރާ ބިލު ފާސްކޮށްފި
އިސްމާއިލް ރިޒާ
23 އޯގަސްޓް 2026 - 13:08
0
comments
Tweet
Telegram
އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ފޯރުކޮށްދޭ މުދަލާއި ހިދުމަތުން ޖީއެސްޓީ ނެގޭ ގޮތަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ. ބިލު ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ބިލް ފާސްކުރަން ނުފެންނަކަމަށް 2 މެމްބަރަކު ވޯޓުދެއްވިއެވެ.
މި ބިލު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގައެވެ.
މި އިސްލާހުގައި ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުވައިދޭ އިންބައުންޑް ޓޫރިޒަމް މުދަލާއި ހިދުމަތުން ޖީއެސްޓީ ނަގަން ފެށުމަށް ހުށަހަޅާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި އިސްލާހާއެކު އަހަރަކަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީއެއް ދައުލަތަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އިސްލާހާއެކު އަހަރަކަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީ
އޯވަސީ ޓްރެވަލް އޭޖެންޓުން - 299.3 މިލިއަން ރުފިޔާ
ފޮރިން ޓުއާ އޮޕަރޭޓާ - 1.3 ބިލިއަން ރުފިޔާ
މި އިސްލާހާ ގުޅޭ ކަންކަން ތަންފީޒު ކުރުމަށް މީރާ އިން ވަން އޮފް ހަރަދުގެ ގޮތުގައި 2.8 މިލިއަން އަދި މުވައްޒަފުންނަށް ރިކަރަންޓް ހަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މަޖިލިސް މެމްބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް!
8 ދުވަސް ކުރިން
0
ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު ހަލީލު އިސްތިއުފާ ދެއްވައިފި
8 ދުވަސް ކުރިން
0
އިންފޮމޭޝަން ކޮމިޝަނަރަކަށް އަބްދުލްއަޒީޒު އައްޔަނު ކުރަން ފާސްކޮށްފި
8 ދުވަސް ކުރިން
0
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާ އަށް ދޭން ފާސްކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ވިސާއާ ނުލައި 30 ދުވަހަށް ތައިލެންޑަށް ދެވޭ ގޮތް ހަދައިފި
43 މިނެޓް ކުރިން
0
ފަހި ފްލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް އަޅަނީީ
49 މިނެޓް ކުރިން
0
އުތުރުގެ ކެމްޕޭނަށް ޝާހިދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ
18 ގަޑިއިރު ކުރިން
0
ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި
18 ގަޑިއިރު ކުރިން
0