
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލިޒިންގެ ތިން އަހަރުގެ ދައުރު މިހާރު ވަނީ ހަމަވެފަ އެވެ.ރައީސް އޮފީހުން ބުނީ ސަފީރު ވަންގް ލިޒިން އަނބުރާ ޗައިނާއަށް ވަޑައިގަތުމުގެ ކުރިން ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވާފައިވާ ކަމަށެވެ.ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި، ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކާއި އަދި ކުރިއަށް ރާވާފައި ހުރި މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ބައްދަލުވުމުން ނިންމާލާފައި ވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވުމަށްފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.