
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން (ޕީސީބީ)ގެ ރަސްމީ 'އެކްސް' އެކައުންޓުގައިވާ ގޮތުން އަރީޝް އައްޔަންކުރީ ޕޯސްޓު އޮފީހުގެ ޑިރެކްޓަރުންގެ ބޯޑަށެވެ.އަރީޝްގެ އިތުރުން ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓްފާމާގެ ބޯޑަށް އިސްމާއީލް ފަރުހާދު އަހުމަދު، އަދި އެސްޓީއޯގެ ބޯޑަށް އަހުމަދު އިމްދާހު މުހައްމަދު ވަނީ އައްޔަންކޮށްފަ އެވެ.ޕޯސްޓު އޮފީހުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރެވުމާ ހަމައަށް ޢަރީޝް ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.