ވަގުފްތަކާއި މިސްކިތްތައް ބިނާކުރާ އައުގާފު އިންވެސްޓްމަންޓުގެ ބޯޑު އެކުލަވާލައިފި
ޔޫނުސް އިބްރާހިމް
08 އޮކްޓޫބަރ 2026 - 12:28
0 comments
މިސްކިތްތަކާއި ވަގުފް އިމާރާތްތައް އަޅަން އުފެއްދި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ހަމަޖައްސައިފި އެވެ. 
ރައިވެޓައިޒޭޝަން ބޯޑުން އައުޤާގް ކުންފުނީގެ ބޯޑަށް އައްޔަންކުރީ 7 މެންބަރުންނެވެ. އެގޮތުން ބޯޑުގެ ޗެއާޕާސަނަކީ ޝައިހް އިއްޒުއްދީން އަދުނާނެވެ. މެނޭޖިން ޑިރެކްޓަރަކީ ޔާމީން އިދުރީސް އެވެ.އައުގާފު އިންވެސްޓްމަންޓުގެ ބޯޑު
- ޗެއާޕާސަން - އިއްޒުއްދީން އަދުނާން، ދަފްތަރު ނަންބަރު ރސ 12132
- މެނޭޖިން ޑިރެކްޓަރު - ޔާމީން އިދްރީސް، ދ. ކުޑަހުވަދޫ / މަތަރަސްމާގެ
- ބޯޑު މެންބަރު - ހުސެއިން ޝާމް އާދަމް، ނ، ފޮއްދޫ / ޔާގޫތުގު
- ބޯޑު މެންބަރު - މުހައްމަދު ޟުޖާއު، މއ. ބަރަކަ
- ބޯޑު މެންބަރު - މަރްޔަމް ނިހާޔަތު، ގދ. ތިނަދޫ / ވެލަގަލާ
- ބޯޑު މެންބަރު - އަބްދުالله އަލީ، ރ. ކަނދޮޅުދޫ / މީނާޒު
- ބޯޑު މެންބަރު - މުހައްމަދު ހިލްމީ، ހދ ވައިކަރަދޫ / ސައިމާގެ
އެ ކުންފުނިން ވަގުފު އިމާރާތްތައް ހެދުމުގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް ބިނާކުރުމާއި އެ މިސްކިތްތައް މަރާމާތުކުރުމާއި އާބާތުރަ ފިލުވުމާއި މިސްކިތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށް ތަރައްގީކުރުމުގެ މަސައްކަތާއި އިސްލާމީ ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ވެސް ހިންގާނެ އެވެ.
ވަގުފު އިމާރާތްތަކަށް ކުންފުންޏެއް އުފެއްދެވިއިރު، މި ސަރުކާރުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަގުފު އިމާރާތްތައް އަޅަން ނިންމައިފަ އެވެ.