ޚަބަރު
މިވަގުތުވެސް 1273 މަޝްރޫއު އެބަ ހިނގާ: ސަރުކާރު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު 1273 މަޝްރޫއު ކުރިއަށްދާ ކަމަށާ އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

"އަހާ" ފޯރަމްގައި މީހަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މަޝްރޫއުތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ހުރި ދަތިތަކާ އެކުވެސް އިސްކަންދީފައިވާ މަޝްރޫއުތައް ނިންމުމަށް ފައިސާ ހަމަޖައްސައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރުވެސް 1,273 މަޝްރޫއުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މި މަޝްރޫއުތަކަށް ފައިސާ އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ޒަރީރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ކުރިއަށް ގެންދަނީ ވަކި ގޮތަކަށް ޕްރިއޯރަޓައިޒްކޮށްގެން ވަޒީރަކު ހިންގަވާ ޕްރޮޖެކްޓެއް އެ ވަޒީރެއްގެ ބެއްލެވުމުގެ ދަށުންނެވެ. 

"ހުރިހާ ރަށެއްގެ ހުރިހާ ޕްރޮޖެކްޓްތަކެއް ވެސް އަޅުގަނޑުމެންނަށް ޕްރިއޮރަޓައިޒް ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ ފައިސާގެ އެވައިލިބިޓީއަށް ބަލާފައި،" ވަޒީރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު