ވިޔަފާރި
ފައިނޭންސިން އަނބުރާ ނުދައްކާނަމަ ބޭންކިން ހިދުމަތްތައް މެދުކަނޑާލަނީ
އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް އަންނަ މަހުން ފެށިގެން ބޭންކިން ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.

އެސްއެމްއީ ޑިޖިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި ފިޔަވަޅަކީ އެ ކުންފުނިން ދޫކޮށްފައިވާ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓުތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ޚަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެއެވެ

ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލްއިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ އެވެ.

އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅުއްވައިގެން ލިބޭނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެސްއެމްއީ ޑިޖިޓަލްއިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ތަފާތު އެކި ދާއިރާތަކުން ލޯނުތައް ދޫކުރަމުންނެވެ. އަދި މި ބޭންކުން ލޯނު ދޫކުރުމުގައި ވިޔަފާރި ފަށަން ބޭނުންވާ އަންހެނުންނަށް ޚާއްސަ އިސްކަމެއްދެއެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު