
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ނުކުޅެދުންތެރިކަން ހުންނަ 15,571 ފަރާތަކަށް ޖުމްލަ 59.2 މިލިއަން ރުފިޔާގެ އެހީ ވަނީ ދީފަ އެވެ. މިއީ އޯގަސްޓު މަހު 15,498 ފަރާތަކަށް ދޫކުރި 58.4 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.މިދިޔަ މަހު އަލަށް 263 މީހަކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވެ އެވެ. މިއީ އޯގަސްޓު މަހު ރަޖިސްޓްރީވި 169 މީހުންނާ އަޅާބަލާއިރު އިތުރުވުމެކެވެ. މިއާއެކު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޖުމްލަ އަދަދު 15,885 އަށް އަރައިފައިވެ އެވެ.ތެލަސީމިއާ ކުދިންނަށް ދޭ އެލަވަންސްގެ ގޮތުގައި ސެޕްޓެމްބަރު މަހު 1.08 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޯގަސްޓު މަހު މި އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވަނީ 1.07 މިލިއަން ރުފިޔާ އެވެ.މީގެއިތުރުން، ސެޕްޓެމްބަރު މަހު އަލަށް ހަ މީހަކު ތެލަސީމިއާ އެލަވަންސްގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާއިރު، އޯގަސްޓު މަހު ރަޖިސްޓްރީވީ ހަތަރު މީހުންނެވެ. އެހެންކަމުން ތެލަސީމިއާ އެލަވަންސް ލިބޭ ފަރާތްތަކުގެ ޖުމްލަ އަދަދު މިހާރު 541 އަށް އަރައިފައިވެ އެވެ.އެންސްޕާ އާއި އާސަންދަ އިން އެކި ފަރާތްތަކަށް ކުރަންޖެހޭ ހަރަދުތައް އަހަރުން އަހަރަށް އިތުރުވަމުންދާތީ ސަރުކާރުން ގެންދަނީ އެންމެ ބޮޑަށް ބޭނުންޖެހިފައިވާ މީހުންނަށް އެހީ ލިބޭކަން ކަށަވަރުކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.