ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އެކްސިޑެންޓްތައް ތަހުގީގުކުރަން "ސްމާޓް ޑްރޯ" ބޭނުންކުރަން ފަށައިފި
ހުނައިދާ ޔާސިރު
11 އޮކްޓޫބަރ 2026 - 22:13
0
comments
Tweet
Telegram
މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް ތަހުގީގުކުރުމަށް "ސްމާޓް ޑްރޯ" ސޮފްޓްވެއާ ފުލުހުން ބޭނުންކުރަން ފަށައިފި އެވެ.
މި ސޮފްޓްވެއާ ތައާރަފުކޮށް ބޭނުންކުރަން ފަށާފައިވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓްގެ ދަށުން ހިންގާ ޓްރެފިކް އިންވެސްޓިގޭޝަން ފަންކްޝަނުންނެވެ.
"ސްމާޓް ޑްރޯ" އަކީ އެކްސިޑެންޓް ހިނގާ ސަރަހައްދުތަކުގެ ޑައިގްރާމްތަކާއި ސްކެޗްތައް ފަސޭހަކަމާއެކު ކުރެހުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޔޫޒާ-ފްރެންޑްލީ ސޮފްޓްވެއާއެކެވެ.
މި ސޮފްޓްވެއާގައި އިންޓާސެކްޝަން، ޓީ-ޖަންކްޝަން އަދި ސީދާ މަގުތައް ހިމެނޭހެން ތަފާތު މަގުތަކުގެ ލޭއައުޓްތައް ކުރީބައިގައި ފަރުމާކޮށް ހިމަނާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން، އެކި ބާވަތުގެ އުޅަނދުފަހަރާއި، ސައިކަލް، ޓްރެފިކް ނިޝާންތައް، މަގުބައްތިތައް އަދި ތަހުގީގަށް ބޭނުންވާ މުހިންމު އެލިމެންޓްތަކުގެ ރެޑީމޭޑް ސިމްބަލްތައް ވެސް ހިމެނޭ ކަމަށާއި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަންޒަރު އެންމެ ފުރިހަމައަށް އަދި ސައްހަކޮށް ދައްކުވައިދިނުމަށްޓަކައި، ގޫގުލް މެޕްސްއާއި، ސެޓެލައިޓް އިމޭޖްތައް ސޮފްޓްވެއާއަށް އަޅައިގެން ޑައިގްރާމް ތައްޔާރުކުރުމުގެ ފުރުސަތު ވެސް މި ސޮފްޓްވެއާ އިން ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ސިފަކުރި ގޮތުގައި މިއީ މަގުމަތީގެ އެކްސިޑެންޓް ތަހުގީގުކުރުމުގެ މަރުހަލާތައް ޒަމާނީކުރުމަށާއި، ތަހުގީގީ ރިޕޯޓުތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ހެކި ޑޮކިއުމެންޓްކުރުން ވަރުގަދަކޮށް، އޮޕަރޭޝަނަލް ހިންގުން އަވަސްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެކްސިޑެންޓްތައް ތަހުގީގު ކުރުމަށް ފުލުހުން ސޮފްޓްވެއާއެއް ބޭނުންކުރަން ފަށާފައިވާއިރު ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމުން ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފަ އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ޕޮލިސިންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި އައު ވަސީލަތްތައް ތައާރަފުކުރުމަށް ފުލުހުންގެ ހިދުމަތުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
މިނިސްޓަރު އިހުސާނާއި ޕީޖީ ދެއްވި ޔަގީންކަމާ އެކު، ސައީދު ހަޅުތާލު ހުއްޓާލައިފި
11 ދުވަސް ކުރިން
0
މާލޭގެ ގެއަކަށް ބަޔަކު ވަދެ ފޭރުނު މައްސަލައެއް ބަލަނީ
15 ދުވަސް ކުރިން
0
އީމެއިލް މެދުވެރިކޮށް ސަރުކާރު އިދާރާތަކަށް ސައިބާ ހަމަލާތަކެއް
17 ދުވަސް ކުރިން
0
ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވަނަވަރު އާންމުކުރަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
"އުރީދޫ ފަން ރަން"ގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި
9 ގަޑިއިރު ކުރިން
0
ޗައިނާއިން 880 ސޯލާ މަގު ބައްތި ހަދިޔާކޮށްފި
9 ގަޑިއިރު ކުރިން
0
ސަރުކާރުގެ ތިން ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އައްޔަނުކޮށްފި
9 ގަޑިއިރު ކުރިން
0
ރަސްމާލޭގައި އެހެން ދީންތަކަށް ފުރުސަތެއް ނޯންނާނެ: ރައީސް
9 ގަޑިއިރު ކުރިން
0