ތިން މީހުން އަރުވައިގެން ދުއްވި ސައިކަލެއް، ބޮޑު އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލެ 2 ގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބުމާ ގުޅިގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ތިން މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

"އަދި އަނެއް ދެ މީހުން ވެސް އިތުރު ފަރުވާއަށް އަޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓުގައި ހިމެނޭ މީހުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ދަންވަރު ނުރައްކާތެރި ގޮތަށް ސައިކަލްތައް ދުއްވާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު