ޚަބަރު
އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓުތައް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ބުނެފި އެެވެ.

ނަމަވެސް ކުއްޖާގެ ހާލަތާ ބެހޭ މައުލޫމާތެއް ހިއްސާއެއް ނުކުރި އެވެ. އެނގިފައިވާ ގޮތުގައި، އެ ކުއްޖާގެ ހާލު ވަރަށް ސީރިއަސް އެވެ. 

ފުލުހުން ރޭ ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް ހަތެއްގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.

މި އެކްސިޑެންޓުގައި ހާލު ސީރިއަސް ވެފައި ވަނީ ސައިކަލު ފަހަތުގައި އިން ނުވަ އަހަރުގެ އަންހެން ކުއްޖަކަށެވެ. އެކުއްޖާގެ ބޯ ފަޅައިގެން ގޮސް، ވަރަށް ބައިވަރު ލޭ ވަނީ ފައިބައިފަ އެވެ.  


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު