ހުނައިދާ ޔާސިރު
06 އޮކްޓޫބަރ 2026 - 17:59
0 comments
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރުމަށް ނިންމި ނިންމުން ބާތިލުކޮށް އޭނާ އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިން ނިންމުން ބާތިލްކުރަން ނިންމީ ޕެރޯލް ބޯޑުން އެ ނިންމުން ނިންމީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކަމަށްވާތީ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ޕްރޯލް ދިނުމުގައި ޖަލުގައި ހޭދަކުރި މުއްދަތު ގުނާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި އަދި އެ ނިންމުމަކީ ސަރުކާރުގެ ސިޔާސަތުތަކާ ވެސް ހިލާފު ނިންމުމެއް ކަމަށެވެ.ޕެރޯލްގެ ފުރުސަތު ދިނުމުގައި ޖަލުގައި އުޅުނު އިރު އެ މީހާގެ އަހުލާގަށާއި ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ރަނގަޅަށް ފުރިހަމަ ކުރިތޯ ބަލަ އެވެ.ފުލުހުން 2020 ވަނަ އަހަރު އޮކްޓޯބަރު މަހު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯގެ ޑައަމޯފިން އަދި 17.97 ކިލޯގެ މެޓަމްފެޓަމިން ރެސިމޭޓް ޑްރަގާ އެކު އަބުޗާ އަތުލައިގަތީ ކަނޑުމަތިންނެވެ. އޭނާއާ އެކު އިތުރު 17 މީހަކު ވެސް އެ އޮޕަރޭޝަނުގައި ހައްޔަރުކުރި އެވެ.މި މައްސަލައިގައި އަބުޗާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް އުފުލިއިރު، އޭނާ ވަނީ ދައުވާތަކަށް އިއުތިރާފުވެ ދައުލަތާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް އިއުތިރާފުވުމުން ދިން ލުއިގެ ދަށުން އޭނާގެ މައްޗަށް، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އިއްވީ 25 އަހަރުގެ ޖަލު ހުކުމެކެވެ.ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ އެއް ނެޓްވޯކްގެ އެންމެ އިސް ފަރާތެވެ.