
ކަސްޓަމްސްއިން އެ ތަކެތި އަތުލައިގަތީ މިދިޔަ ހޯމަ ދުވަހު، މާލެ ކޮމާޝަލް ހާބަރުންނެވެ.ކަސްޓަމްސްއިން މިއަދު ބުނި ގޮތުގައި، އެތަކެތީގެ ބަރުދަނަކީ 2،231 ގުރާމް (2.2 ކިލޯ) އެވެ. އެ މަސްތުވާާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރަ އެވެ.ކަނޑުގެ އިތުރުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި ވެސް ކަސްޓަމްސްއިން އަތުލައިގަނެ އެވެ.އެގޮތުން މި މަހުގެ ތެރޭގައި ކަސްޓަމްސްއިން ވަނީ ޕޯސްޓުން އެތެރެކުރަން އުޅުނު 3.6 ކިލޯ އަދި ވައިގެ މަގުން އައްޑުއަށް އެތެރެކުރަން އުޅުނު 5.5 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.