
އިއްޔެ ބޭއްވި މާލެ ސިޓީ ކައުންސިލުގެ ފަސްވަނަ ދައުރުގެ ފުރަތަމަ ކުއްލި ޖަލްސާގައި ވަނީ މިކަމާ ގުޅޭ ގަރާރެއް ފާސްކޮށްފަ އެވެ. ގަރާރު ފާސްކުރީ ވޯޓުގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރުންގެ ވޯޓާއެކު އެވެ. މާރުކޭޓު އަޅަން ހަދާފައިވާ ކުރީގެ ދެ އެއްބަސްވުމެއް އޮތް ކަމަށް ކައުންސިލުން ބުނެފައިވަނިކޮށް، މިހާރު ލޯކަލް މާރުކޭޓް ހުރި ބިމުގައި 'މާލޭ ވެޓް މާރުކޭޓް ކޮމްޕްލެކްސް' ނަމުގައި އެތަން ތަރައްގީކުރަން އިތުރު ބަޔަކާ އެކު މި ސަރުކާރުން ވަނީ މިދިޔަ 15 މާޗުގައި އެއްބަސްވުމެއް ހަދާފަ އެވެ.ޖުމްލަ 126.3 މިލިއަން ރުފިޔާއަށް މި މަސައްކަތް މިފަހަރު ހަވާލުކުރީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަޝްރޫއު ނުފެށިގެން އުޅެނީ، ސަރުކާރުން ބުނާ ގޮތުގައި، ކައުންސިލުން އެ ބިން ހަވާލުނުކޮށްގެންނެވެ. ކައުންސިލުން ބުނަނީ ބިން ހަވާލުނުކޮށް ލަސްވަނީ، އެ މަޝްރޫއަށް ބިން ދެވޭނީ ކުރީގެ އެއްބަސްވުންތައް ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކޮށްގެން ކަމަށްވާތީ ކަމަށެވެ.