ޚަބަރު
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ފިރުޒުލް އައްޔަންކޮށްފި
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ)ގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ހައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމަށާއި އެމްޑީއަކަށް އޭނަ އައްޔަންކުރީ މިއަދު ކަމަށެވެ.

ފިރުޒުލް އެންމެ ފަހުން ހުންނެވީ ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަގާމުގަ އެވެ. ދ. ކުޑަހުވަދު އަށް ނިސްބަތްވާ ފިރުޒުލް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނު ވެސް މެ އެވެ. އަދި ޕީއެންސީގެ ތަރުޖަމާނުކަން ވެސް އޭނަ ކުރެއްވި އެވެ.

ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަކީލު އިލެކްޝަން ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރަން ނިންމުމާ ގުޅިގެން މިދިޔަ މަހުގެ 23 ގައި އިސްތިއުފާ ދެއްވުމުންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު