ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ސަރުކާރުގެ ބޯހިޔާވަހިކަމަށް އެދި ބައި ލައްކައަށް ވުރެ ގިނަ މީހުން ފޯމު ލައިފި
ޔޫނުސް އިބްރާހިމް
17 ޖޫން 2026 - 10:13
0
comments
Tweet
Telegram
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ރޭ ބުނެފި އެވެ.
ހައުސިން މިނިސްޓްރީން ރޭ ބުނީ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" އަދި "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ދޫކުރާ ފްލެޓާއި ގޯއްޗަށް އެދި ޖުމްލަ 58،505 ފޯމް ހުށައަޅާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި 35،930 ފޯމާއި ގޯއްޗަށް އެދި 22،575 ފޯމެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ނިންމާފައިވާ އިރު ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ދިނުމަށް ހަމަޖެހިފައިވެ އެވެ.
މާލޭގެ ރަށްވެހިންނަށް ބިން ދޫކުރަން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ. އަދި މާލޭގައި ދިރިއުޅޭ، ޝަރުތު ފުރިހަމަވާ އެހެން ރަށްރަށުގެ މީހުންނަށް ބިން ދޫކުރަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ސަރުކާރުން ނިންމާފައިވަނީ ޖުމްލަ 1،250 އަކަފޫޓުގެ 15،000 ގޯއްޗާއި 7،900 ފްލެޓު ދޫކުރުމަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މިސަރުކާރުގެ ފްލެޓްތަކަށް މިދައުރުގައި ވަދެވޭނެ: ރައީސް
11 ދުވަސް ކުރިން
0
ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފަށަނީ
16 ދުވަސް ކުރިން
0
ހިޔާގެ ތިން ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވާލައިފި
16 ދުވަސް ކުރިން
0
ގޯއްޗާއި ފްލެޓަށް އެދުމުގެ ވަގުތު މިރޭ ހަމަވާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މިނިވަން 60 ފާހަގަކުރަން ހަރަދުވީ 4.1 މިލިޔަން: ހީނާ
45 މިނެޓް ކުރިން
0
ޔާމީނާ ދެކޮޅަށް ހުރި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި
54 މިނެޓް ކުރިން
0
ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ކަޅު ބާޒާރަށް ބީއެމްއެލް ވަނުމެއް ނޫން: ފައްޔާޒު
12 ގަޑިއިރު ކުރިން
0
ފަހު ވަގުތު ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާއެކު، ނޯވޭ ގަދަ 16 އަށް
12 ގަޑިއިރު ކުރިން
0