ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ހިޔާގެ ތިން ޓަވަރެއްގައި އިތުރު ލިފްޓު ހަރުކޮށް އާންމުންނަށް ހުޅުވާލައިފި
ހުސެން ރަޝީދު
15 ޖޫން 2026 - 20:50
0
comments
Tweet
Telegram
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ ހިޔާގެ 16 ވަނަ ޓަވަރު ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީ ކުރިއިރު އެތަންތަނުގައި ހަރުކޮށްފައިވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ.
އަލަށް ހަރުކުރާ ލިފްޓުތަކަކީ 21 މީހުންގެ ޖާގަ ހިމެނޭ، ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. މީގެ ސަބަބުން ބަލިމީހުން އުފުލުމަށާއި، ކާރޫބާރޫ ބޮޑު ވަގުތުތަކުގައިވެސް ލިބޭ ވަރަށް ބޮޑު ލުޔަކަށް މިލިފްޓްތައް ވާނެ ކަމަށް އެޗްޑީސީން ބުންނެވެ. އެޗްޑީސީން ވިދާޅުވީ ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ އަމާޒަކީ އެ ޓަވަރުގެ މަސައްކަތްވެސް ވީހާވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް ބުންޏެވެ
ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެ އެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓުމަންޓު ހިމެނެ އެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
އަމިއްލަ އިސްނެގުމާއެކު މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީއަކަށް އެޗްޑީސީ
2 ދުވަސް ކުރިން
0
މިސަރުކާރުގެ ފްލެޓްތަކަށް މިދައުރުގައި ވަދެވޭނެ: ރައީސް
10 ދުވަސް ކުރިން
0
އެޗްޑީސީން ހުނަރު ދަސްކޮށްދޭ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލައިިފި
11 ދުވަސް ކުރިން
0
ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފަށަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ޑޮލަރުގެ ދަތިކަމަށް އޮތް ހައްލަކީ ކަޅު ބާޒާރަށް ބީއެމްއެލް ވަނުމެއް ނޫން: ފައްޔާޒު
10 ގަޑިއިރު ކުރިން
0
ފަހު ވަގުތު ހާލަންޑް ކާމިޔާބުކޮށްދިން ލަނޑާއެކު، ނޯވޭ ގަދަ 16 އަށް
10 ގަޑިއިރު ކުރިން
0
ޑޮލަރުގެ އަގު ތިރި ނުވަނީ ދަރަނި އަލުން އެކުލަވާލުމުގެ ޕްރޮގްރާމެއް ނެތުމުން: ނަޝީދު
10 ގަޑިއިރު ކުރިން
0
އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކުރުން ވަނީ ގޮންޖެހުމަކަށް: މިނިސްޓަރު އަމީން
20 ގަޑިއިރު ކުރިން
0