
އެނގިފައިވާ ގޮތުގައި، ޓްރާންސްޕޯޓް އެންޑް ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަލައިކާ އައްޔަންކުރެއްވީ އިއްޔެ އެވެ. ނަމަވެސް، މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ. މިދިޔަ މަހު އޮތް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ ޑަބްލިއުޑީސީގެ ރައީސްކަމަށް އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ ސަރުކާރު ކޯލިޝަންގެ ފަރާތުން ވާދަކުރެއްވި އަލައިކާ އާއި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އައިޝަތު ރީޝާގެ މެދުގައެވެ. ވަރަށް ވާދަވެރިކޮށް ދިޔަ މި އިންތިޚާބުގައި އަލައިކާ ބަލިކޮށް، އެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރީޝާއެވެ.އެ އިންތިހާބުން ބަލިވުމަށް ފަހު އަލައިކާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ނާކާމިޔާބުވި ނަމަވެސް، އެ ދަތުރު ނިންމާލީ އެ އަށް ވުރެ މާ މަތިވެރި އަދި އަގުނުކުރެވޭނެ ފަދަ ނިއުމަތަކާ އެކުގައި ކަމަށެވެ. އެއީ އެތައް ބައެއްގެ އިތުބާރާއި ލޯތްބާއި ޔަގީންކަން ލިބުމުން، އެއީ ކާމިޔާބީއެއް ކަމަށް ދެކޭތީ ކަމަށް އަލައިކާ ވިދާޅުވެފައިވެ އެވެ.