ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ގަތަރު އެއާވޭސްގެ ދަތުރުތައް އެޕްރީލް 8 ވަނަ ދުވަހު ރާއްޖެއަށް އަލުން ފަށަނީ
އިބްރާހިމް އިމާދު
31 މާޗް 2026 - 11:36
0
comments
Tweet
Telegram
މިދިޔަ މަހުގެ 28ގައި މެދުއިރުމަތީގައި ފެށި ހަނގުރާމައާ ގުޅިގެން، ގަތަރު އެއާވޭސްއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް މެދުކަނޑާލުމަށް ފަހު، އަލުން ދަތުރުތައް ފަށަން ނިންމައިފި އެވެ.
ގަތަރު އެއާވޭސްގެ ދަތުރުތައް މެދުކަނޑާލީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ ދޯހާ އާއި މާލެއާ ދެމެދު ގަތަރު އެއާވޭސްގެ ދަތުރުތައް އެޕްރީލް 8 ވަނަ ދުވަހު ފެށުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެ ގޮތުން ހަފުތާއަކު ފަސް ދަތުރު ބާއްވާއިރު އެޕްރީލް 15 އާ ހަމައަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން ބުނެފައިވެ އެވެ.
އޭގެ ފަހުގެ ދަތުރުތަކުގެ ޝެޑިއިލް ފަހުން އިއުލާން ކުރުމަށް ނިންމާފައިވާއިރު ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން ތާވަލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އެއާލައިނުން ބުނެފައިވެ އެވެ.
ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން، މިދިޔަ މަހު 28އިން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް 496 ފުލައިޓު ކެންސަލްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 634,278 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި ހިނގާ މާރިޗް މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 152,510 ފަތުރުވެރިން ކަމަށްވާއިރު، އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 18.7 ޕަސެންޓްގެ ދަށްވުމެއް ކަމަށް ތަފާސްހިސާބުން ދައްކައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
5 ގަޑިއިރު ކުރިން
0
ތޯރިގް ޔޫއޭއީ އަށް، އާދަމް ޝަރީފް ގަތަރުގެ ސަފީރަކަށް އައްޔަންކުރަނީ
2 ދުވަސް ކުރިން
0
ޑަބްލިއުޑީސީގެ ރައީސާ ކަމަށް ވާދަކޮށް ބަލިވި އަލައިކާއަށް ސްޓޭޓް މިނިސްޓަރުކަން ދީފި
4 ދުވަސް ކުރިން
0
ދިވެހި ޓޫރިޒަމަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް!
6 ދުވަސް ކުރިން
0
ބީއެމްއެލްއަކީ ޓޫރިޒަމް ދާއިރާގެ މުހިއްމު ބައިވެރިއެއް: މަޓީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައިފި
4 ގަޑިއިރު ކުރިން
0
މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި
4 ގަޑިއިރު ކުރިން
0
ވަގަށް އެތެރެކޮށް، ވިއްކަމުން ދިޔަ ސިނގިރޭޓުތަކެއް ފުލުހުން ހޯދައިފި
4 ގަޑިއިރު ކުރިން
0
ރޭގެ މުޒާހަރާއިން ނުވަ މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން
0