ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރާއްޖޭގައި، ޕްލާސްޓިކް ރީސައިކަލްކުރާ ފެސިލިޓީއެއް އަޅަނީ
ހުނައިދާ ޔާސިރު
07 މެއި 2026 - 11:15
0
comments
Tweet
Telegram
ޕްލާސްޓިކް ރީސައިކަލް ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ތިލަފުށީގައި ގާއިމްކުރާ 'މޯޕާސައިކަލް' ޕެޓް ފްލޭކިން އެންޑް ވޮޝިން ލައިން ފެސިލިޓީ ތަރައްގީކުރަނީ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ) އިންނެވެ. އެ ޖަމިއްޔާއަށް އެހީތެރިވާ ފަރާތްކުގެ ތެރޭގައި:
ވެމްކޯ
އެޗްޑީސީ
މޯލްޑިވްސް އެރޭޓަޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)
ދަ ކޮކާ-ކޯލާ ފައުންޑޭޝަން
މިއީ ބޭނުންކޮށްފައި އުކާލާ ޕެޓް ޕްލާސްޓިކް ނުވަތަ ފެންފުޅި ފަދަ ތަކެތި ރީސައިކަލްކޮށް، އަލުން ބޭނުންކުރެވޭނެ އަގުހުރި ރޯމެޓީރިއަލްއަކަށް ބަދަލުކުރުމަށް ރާއްޖޭގައި ގާއިމުކުރާ މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޮޕާ) އިން އިސްނަގައިގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫޢަކީ ރާއްޖޭގެ ރީސައިކްލިން އިންފްރާސްޓްރަކްޗާ ހަރުދަނާކޮށް، ޕްލާސްޓިކް ކުނި މެނޭޖުކުރުމުގައި ސާކިއުލާ އިކޮނޮމީ ނުވަތަ ދެމެހެއްޓެނިވި އިޤުތިސާދީ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި ފެސިލިޓީގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފާއި ކުރީގެ ވަޒީރު ތޯރިގު އިބްރާހިމެވެ.
ތިލަފުށީގައި ގާއިމުކުރާ 5،000 އަކަފޫޓުގެ މި ޒަމާނީ ފެސިލިޓީގައި ޕެޓް ޕްލާސްޓިކް ޕްރޮސެސްކުރާނެ ފުރިހަމަ ލައިނެއް ހުންނާނެއެވެ. މީގެ ތެރޭގައި އެކި ރަށްރަށުން ގެންނަ ކުނި އެއްކުރުމާއި، ފުޅީގައި ހުންނަ ލޭބަލް އަދި މަތި ނައްޓާލުމާއި، ޕްލާސްޓިކް ކުދިކޮށް ކޮށާލުމުގެ އިތުރުން ހޫނު އަދި ފިނި ފެނުން ދޮވުމާއި ހިއްކުމުގެ މަރުހަލާތައް ހިމެނެއެވެ.
މޯޕާގެ ރައީސް މައުމޫން ވިދާޅުވީ، މޯޕާ އުފެދުނީއްސުރެ މަސައްކަތް ކުރަމުން އަންނަނީ ޒިންމާދާރު ގޮތެއްގައި ޕްލާސްޓިކް ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ޕްލާސްޓިކް ފުޅި އެއްކޮށް، ރީސައިކަލް ކުރުމަށް ބޭރުކުރާ މިންވަރު ތިން ގުނައަށް އިތުރުވެގެންދާނެ އެވެ.
"ޕެޓްއަކީ ހަމައެކަނި ކުނީގެ ގޮތުގައި ބަލައިގެން ނުވާނެ. ރަނގަޅު ނިޒާމެއްގެ ތެރެއިން މިއީ އިގްތިސާދީ ގޮތުން ފައިދާހުރި، ތިމާވެއްޓާ ރައްޓެހި ވަސީލަތަކަށް ހެދިދާނެ،" މައުމޫން ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
10 ދުވަސް ކުރިން
0
ރަށްތައް ދަނީ އާދަޔާ ހިލާފު ބާރު މިނެއްގައި ފަޅުވަމުން: ނަޝީދު
27 ދުވަސް ކުރިން
0
މުރަކަ އިންދުމުގެ ހަރަކާތެއް އެޗްޑީސީން ހިންގަނީ
28 ދުވަސް ކުރިން
0
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ކޯޓުން ބޭރުކޮށްލައިފި
5 މަސް ކުރިން
0
އދ. ގެ އޯޝަން ޑެކޭޑްގެ އެޑްވައިޒަރީ ބޯޑަށް ޝައުނާ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޭގް އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓަށް!
5 މިނެޓް ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
15 މިނެޓް ކުރިން
0
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ނާޒިމަށް ؛ ތީ ފިތުނަ އުފައްދައި މީހެއް!
1 ގަޑިއިރު ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
2 ގަޑިއިރު ކުރިން
0