ޚަބަރު
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ދެވަނަ ފަހަރަށް ހުށަހެޅުމުން ވެސް ކޯޓުން ބޭރުކޮށްލައިފި
ކަށިމިޔަރެއް ހިފާފައި - ފޮޓޯ/ އައިއެފްއޭޑަބްލިޔު
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަދީ ހުޅުވާލަން ސަރުކާރުން ނިންމައި އާންމުކުރި ގަވާއިދާއި ޕްލޭން ބާތިލްކުރަން ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

ކަށިމިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތްއޮތުން ވަކި އުސޫލުތަކެއްގެ ތެރެއިން ނިމުމަކަށް ގެންނަން ސަރުކާރުން ނިންމި ނިންމުން ބާތިލްކުރަން ހުމައިދާ އަބްދުލްޣަފޫރާއި މުހައްމަދު ސީނީންގެ ފަރާތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ކުރިން ވެސް ނިންމި އެވެ. އަދި ދެވަނަ ފަހަރަށް ވެސް އާ ސަބަބުތަކަކާއެކު އެ މައްސަލަ ހުށަހެޅީ އެ ދެ މީހުންގެ ފަރާތުންނެވެ.


ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމުމުގައި ވަނީ ކަށިމިޔަރުގެ މަސްވެރިކަމާ ބެހޭގޮތުން ސަރުކާރުން ހެދި ގަވާއިދާއި އެކަމާބެހޭ ޕްލޭން ގާނޫނުއަސާސީ އާއި މަސްވެރިކަމާ ބެހޭ ގާނޫނާ ހިލާފްވާ ގޮތެއް އެ މައްސަލާގައި ބުނެދީފައި ނުވާ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.

ރާއްޖޭގައި ތިން ބާވަތެއްގެ މިޔަރުގެ މަސްވެރިކަން މީގެ ކުރިން ވަނީ ކޮށްފައެވެ. އެއީ, ފަރު މިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމެވެ. ކަށިމިޔަރު މަސްވެރިކަން ކުރުން ހުއްޓުވީ، އޭރު ކުރެވުނު ދިރާސާތަކަކުން ރާއްޖޭގައި މިޔަރުގެ އާބާދީ މަދުވަމުންދާކަމުގެ ކަންބޮޑުވުމާ އެކުގައެވެ.

އެހެންނަމަވެސް, ފަހަކަށް އައިސް މަސްވެރިން ވަނީ މިޔަރު ގިނަވުމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު