ވިޔަފާރި
އެހެން ބަޔަކާ ހަވާލުކޮށްގެން ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ މަހު ފަށަނީ
ގއ. ވިލިނގިލީ އިންޓަނޭޝަނަލް އެއާޕޯޓުގެ އަމަލީ މަސައްކަތް އަންނަ ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ގެނެސްދޭ "އަހާ" ފޯރަމްގެ ރޭގެ އެޕިސޯޑުގައި އަމީން ވިދާޅުވީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު ބަދަލުކޮށް، އަންނަ މަސް ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށެވެ. 

"އިރާދަކުރެއްވިއްޔާ އާ ކޮންޓްރެކްޓަރާ އެކު ސޮއިކޮށް އަމަލީ މަސައްކަތް ފެށުމުގެ މަރުހަލާގައި މިހާރު އޮތީ. ނޮވެމްބަރު މަސް ނިމުމުގެ ކުރިން ފެށޭނެ،" އަމީން ވިދާޅުވި އެވެ.

ނަމަވެސް، އެ މަސައްކަތުގެ އާ ކޮންޓްރެކްޓަރަކީ ކޮބައި ކަމެއް އަމީން ހާމައެއް ނުކުރައްވަ އެވެ. އަދި ކުރީގެ ކޮންޓްރެކްޓު ބާތިލުކުރި ސަބަބެއް ވެސް ވިދާޅެއް ނުވެ އެވެ. 

ގއ. ވިލިނގިލި ފަޅު ހިއްކައިގެން އެތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވިލިނގިލީގައި ބައިނަލްއަގުވާމީ ވައިގެ ބަނދަރަކާއެކު ޓޫރިޒަމް ޒޯނެއް ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކާ 2024 ވަނަ އަހަރު ހަވާލު ކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު