ޚަބަރު
މަޝްރޫއުތައް އަވަސްކުރަން ކެބިނެޓް ބައްދަލުވުމެއް ބާއްވައިފި
ސަރުކުރާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ ތަންފީޒީ ދުވެލި ހަލުވި ކުރުމާމެދު މަޝްވަރާ ކުރުމަށް ކެބިނެޓުގެ މަސައްކަތު ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވައިފި އެވެ. 

ރައީސް އޮފީހުގައި އިއްޔެ ބޭއްވި މި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުތަކާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

މީގެ އިތުރުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ދިމާވި ތަކެތީގެ ދަތި ކަމަށް ގެނެވިފައިވާ ހައްލުތަކާއެކު، މަޑުޖެހިފައިހުރި ގިނަ މަޝްރޫއުތަކެއް އަލުން ބާރު ދުވެއްޔެއްގައި ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންގެ މަޖިލީހަށް އިރުޝާދު ދެއްވާފަ އެވެ.

މި ބައްދަލުވުމުގައި ވަކިވަކި މަޝްރޫއުތައް ކަނޑައެޅިފައިވާ މުއްދަތުތަކަށް ނިންމުމަށް އިތުރު ހިތްވަރަކާއެކު އަދި ގުޅިގެން މަސައްކަތް ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުއަޅުއްވާފަ އެވެ.

ސަރުކާރުން ރަށްރަށުގައި ހިންގާ ގިނަ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ރަށު ކައުންސިލްތަކުން އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި މި ސަރުކާރުން ފެށި މަޝްރޫއުތަކާއި މިދިޔަ ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫއުތައް ހިމެނޭ ކަމަށް ކައުންސިލްތަކުން ބުންޏެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު