
މިއަދު މިފްކޯއިން ހާމަކުރި ގޮތުގައި މިހާރު އެ ކުންފުނިން ކަޅުބިލަމަސް ކިރުވަމުންދަނީ މަސް ކިލޯއެއް 22 ރުފިޔާއަށެވެ. މިއީ މިވަގުތު ދުނިޔޭގެ ބާޒާރުގައި މަސް ގަންނަ އަގާއި މަހުގެ ޑިމާންޑާއި ސަޕްލައިއަށް ބަލައި އަގަށް ގެނައި ބަދަލެއްކަމަށް އެ ކުންފުނިން ބުންޏެވެ. ސަރުކާރުން އަންނަނީ މަސްވެރިންނަށް ލިބޭ އަގު ރަނގަޅުކުރުމުގެ ގޮތުން މަސް ރައްކާކުރެވޭ މިންވަރާއި މަސް ޕްރޮސެސްކޮށް ބަންދުކުރެވޭ މިންވަރު އިތުރުކުރުމަށް ބޮޑެތި މަޝްރޫއުތަކެއް ހިންގަމުންނެވެ. މަސްވެރިކަމާ ބެހޭ ވުޒާރައިން ބުނެފައިވާ ގޮތުން މި މަޝްރޫއުތައް ނިމުމުން ރާއްޖެއިން ބޭރުކުރާ މަހުން ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުކުރެވި މަސްވެރިންނަށް ދޭ ފައިސާވެސް އިތުރުވާނެ އެވެ.