ވިޔަފާރި
އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަންކޮށްފި
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއާމަންގެ މަގާމަށް އަހުމަދު ޝަހީރު އިއްޔެ އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި އެމްޓީޑީސީގެ ޗެއާމަންގެ މަގާމަށް ޝަހީރު އައްޔަނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މެއި 2025 އިން ފެށިގެން މިދިޔަ ހަފުތާއާ ހަމައަށް އެޗްޑީސީގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ޝަހީރު، މި ސަރުކާރުގައި އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށެވެ.

ނަމަވެސް، އެ މަގާމުން އޭނާ ވަކިކުރެއްވީ އޮގަސްޓު 2024 ގައެވެ. މީގެއިތުރުން، އެސްޓީއޯގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ޝަހީރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައެވެ.

އެމްޓީޑީސީގެ ޗެއާމަނަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ ފާއިޒެވެ. ފެބުރުއަރީ 2017 އިން ފެށިގެން އެ ކުންފުނީގައި ހުންނެވި ފާއިޒް މިދިޔަ ހަފުތާގައި ވަނީ މިފްކޯގެ ޗެއާމަނަކަށް އައްޔަން ކުރައްވައިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު