މާލޭގެ ގެއެއްގައި މިއަދު ހިނގި ގޭސް ލީކުވުމުގެ ހާދިސާއެއްގައި މީހަކު މަރުވެއްޖެ އެވެ. މަރުވެފައި ވަނީ އަންހެނެކެވެ. 
ކުޑަ ކުއްޖާއަށް ހައިޕަބެރިކް ޗެމްބާގައި ފަރުވާދޭން ޖެހޭތީ މިހާރު ވަނީ އޭޑީއޭ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ވަނީ އެނގިފަ އެވެ.
ފުލުހުން ބުނީ ގޭސް ލީކުވެފައި ވަނީ މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 10:34 އެހާއިރު އެވެ.ތަފްސީލް - ހާލުދެރަވެފައިވާ ދެ މީހުންގެތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ:- ދަފްތަރު ނަންބަރު ރސ. 6210/ މާލެ، ޒާހިދާ ތައުފީގު، 51އ
ހާދިސާއާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ. ނަމަވެސް އެ ގެ ހުރި ހިސާބުގައި ވެސް ގޭސް ވަސް ވަރަށް ގަދަޔަށް ހުރި ކަމަށް މީހުން ބުންޏެވެ.