
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ކުންފުނިން 17 މިލިއަން ރުފިޔާ (އަސްލު އަގު 900،000ރ) އަށް ސެކަންޑް ހޭންޑް ލޭންޑިން ކްރާފްޓެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް އުޅަނދެއް އެމްޑަބްލިޔުއެސްސީން ގަނެފައިނުވާނެ ކަމަށެވެ.ފަހުމީ ވަނީ މިފަދަ ސީރިއަސް ތުހުމަތުތައް އެއްވެސް ހެއްކެއް ނެތި ހަގީގަތުގެ ގޮތުގައި ދައްކައިގެން ނުވާނެ ކަމަށް އެ ޕޯސްޓުގައި ބުނެފަ އެވެ.