ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ބޮޑު ބަދަލު އޮފީސް އުފައްދައިފި، ޑިރެކްޓަ ޖެނެރަލަކަށް ހަސަން ލަތީފް
އިސްމާއިލް ރިޒާ
21 ޖޫން 2026 - 11:57
0
comments
Tweet
Telegram
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ ސެކްރެޓޭރިއަޓުގައި "ބޮޑު ބަދަލު" އޮފީސް ގާއިމުކޮށް، އެ އޮފީހުގެ ޑައިރެކްޓާ ޖެނެރަލްގެ މަގާމަށް ހަސަން ލަތީފް މިއަދު އައްޔަނުކޮށްފި އެވެ.
މި އޮފީސް ގާއިމުކޮށްފައިވަނީ އެމްޑީޕީގެ ހެޑް އޮފީހުގަ އެވެ.
މިއޮފީހުގެ ވެރިޔަކަށް ޑައިރެކްޓާ ޖެނެރަލްގެ ނަމުގައި ހަމަޖައްސާފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.
އެމްޑީޕީން މިއަދު ބުނީ މިއޮފީސް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން އިއްވަވައި، މެންބަރުން ހުށަހެޅުން ފަސްކުރުމުން ކަމަށެވެ.
ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހުށަހެޅުއްވި ބޮޑު ބަދަލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަމަކީ ދައުލަތުގެ ހިންގުމާއި ސަރުކާރުގެ ހިންގުން ވަކިކުރުމެވެ. އެ ގޮތުން ހިމެނޭ ކަންކަމަކީ:
ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރުގެ ވެރިޔަކު ކަނޑައެޅުން؛ އެއީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން
ސަރުކާރު ހިންގާ ވެރިޔަކީ ރައްޔިތުންގެ ވޯޓުން ހޮވާ މީހަކަށް ހެދުން
ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީކުރެވޭނެ ނިޒާމެއް ގާއިމުކުރުން
ދައުލަތުގެ އެންމެ މަތީ ވެރިޔާއަކީ ރައްޔިތުންގެ މަޖިލީހާއި ކައުންސިލުތައް ފަދަ އިންތިހާބީ މަގާމުތަކުގައި ތިބި މީހުންގެ އަގުލަބިއްޔަތުން އައްޔަންކުރާ މީހެއް ކަމަށް ކަނޑައެޅުން؛ އެކަމަކު ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭ ގޮތަށް
އޭގައި ދެން ފާހަގަކޮށްލެވޭ އިތުރު ކަންކަމަކީ:
މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ހިމެނޭ ގޮތަށް އެކުލަވާލާ ބޮޑު މަޖިލީހަކުން ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ ބާރު ދިނުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މިިނިވަން މުއައްސަސާތަކުގެ މެންބަރުން ވަކިކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަން ހަމަޖެއްސުން
މަޖިލީހަށް މެންބަރުން އިންތިހާބުކުުރެވޭ ދާއިރާތައް ބޮޑުކުރުމުގެ ގޮތުން، ކޮންމެ އަތޮޅަކުން މުޅި އަތޮޅުގެ މީހުން ވޯޓު ލައިގެން ވަކި އަދަދަކަށް މެންބަރުން އިންތިހާބުކުރާ ގޮތަށް ނިޒާމު ބަދަލުކުރުން؛ ބައެއް ގޮނޑިތައް އަންހެނުންނަށް ހާއްސަކުރާ ގޮތަށް
މިނިވަން މުއައްސަސާތައް ބަލަހައްޓަން އޯވަސައިޓް ކޮމިޝަނެއް އުފެއްދުން
Tweet
Telegram
ގުޅުންހުރި ލިޔުންތައް
3 ދުވަސް ކުރިން
0
އެމްޑީޕީން ތިބޭނީ ރައްޔިތުންނާ އެކީގައި: ނަޝީދު
4 ދުވަސް ކުރިން
0
މުޒާހަރާގައި ފުލުހުންނަށް ހުރަސް އެޅުމުގެ ދައުވާލިބޭ މީހުންގެ ޝަރީއަތް ފަށައިފި
5 ދުވަސް ކުރިން
0
އެމްޑީޕީ އިން ބާއްވާ މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
7 ދުވަސް ކުރިން
0
ވަގުތީ ނަތީޖާ: ނަޝީދަށް 68 ޕަސެންޓު، މީކާއީލްއަށް 30 ޕަސެންޓު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި
2 ގަޑިއިރު ކުރިން
0
ބޮޑު ބަދަލު އޮފީސް އުފައްދައިފި، ޑިރެކްޓަ ޖެނެރަލަކަށް ހަސަން ލަތީފް
2 ގަޑިއިރު ކުރިން
0
12 އަހަރަށް ފަހު ޖަރުމަން ނޮކްއައުޓް ބުރުން ޖާގަ ހޯދައިފި
4 ގަޑިއިރު ކުރިން
0
ގިރިިފުށީގެ ބިންހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި
5 ގަޑިއިރު ކުރިން
0