ޚަބަރު
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ ހުށަހެޅުއްވި އެ ބިލުގެ ބޭނުމަކީ އިންސާނުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓް ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމް ކުރުމެވެ.

އެ ބިލު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުންނެވެ. 

ބިލްގައިވާ ގޮތުން ގުނަވަން ހަދިޔާ ކުރާ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ ބުއްދި ސަލާމަތުން ހުރި ދިވެއްސަކަށްވާން ޖެހެ އެވެ. އަދި އޭނާ ގުނަވަން ހަދިޔާ ކުރަނީ އަމިއްލަ އިހްތިޔާރުގައި ރުހިގެން ކަމަށް ބިލްގައި ބުނެފައިވެ އެވެ. ނަމަވެސް ގުނަވަން ލިބެނީ ދިވެއްސަކަށް ނަމަ، އެ ފަރާތާ ފުރަތަމަ އަދި ދެވަނަ ދަރަޖައިގެ ގޮތުން ލޭގެ ގުޅުން އޮންނަ ބިދޭސީންނަށް ގުނަވަން ހަދިޔާކުރެވޭނެ ކަމަށް ބިލްގައިވެ އެވެ.

ބިލްގައިވާ ގޮތުން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭނެ އެވެ.

މި ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނަ އޯގަން ޓްރާންސްޕްލާންޓް ކުރުމަށެވެ. އަދި ރާއްޖޭގައި ޑިޒީސްޑް-ޑޯނާ އޯގަން ޓްރާންސްޕްލާންޓް ކުރުން މި ބިލުން ހުއްދައެއް ނުކުރެ އެވެ.

ހަދިޔާ ކުރެވޭނެ ގުނަވަންތަކާއި ނުކުރެވޭނެ ގުނަވަންތައް ބިލްގައި ބަޔާންކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު