ޚަބަރު
ހައްޖާއި އުމްރާއަށް ހާއްސަ ގާނޫނެއް ހަދަނީ
ހައްޖާ އުމްރާގެ ހިދުމަތް ދިނުމާއި ގުޅޭ ޚާއްސަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުއްޖެ އެވެ.

އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ދައްކާ، ދަތުރުނުކުރެވުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިފަދަ މައްސަލަތަކަށް އަދުލުވެރި ހައްލެއް ގެނެވޭނީ އަދުލުވެރި، އެކަމަށް ހައްސަ ގާނޫނެއް އެކުލަވާލައިގެންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށާއި މި ގާނޫނުގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ދައުރާއި، އަމިއްލަ ކުންފުނިތަކުގެ ދައުރާއި، ހައްޖާއި އުމްރާގެ ކަންކަމަށް އިހުމާލުވާ ފަރާތްތަކާ ދެކޮޅަށް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ބަޔާންކުރާނެ ކަމަށެވެ. 

ރާއްޖޭގައި އުމްރާގެ ހިދުމަތް ދިނުމަށް މިހާރުވެސް ގިނަ ކުންފުނިތަކެއް ރަޖިސްޓްރީވެ އެ ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު