ޚަބަރު
އާ 4 ބޭފުޅަކާ އެކު ރައީސް މުއިއްޒުގެ ކެބިނެޓް އަލުން އެކުލަވާލައިފި
އާ 4 ބޭފުޅަކާ އެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެންނަވައިފި އެވެ.

ކެބިނެޓް އަލުން އެކުލަވާލައި ވަޒީރުން ހުވާ ކުރެއްވުމާއި މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިހާރު ރައީސް އޮފީހުގައި ވަނީ ފަށައިފަ އެވެ. ކެބިނެޓް އަލުން އެކުލަވާލީ ބައެއް މިނިސްޓްރީތައް އެއްކޮށްލުމަށް ފަހު އެވެ. 

މި ރަސްމިއްޔާތުގައި ވަޒީރުންނަށް އައްޔަން ކުރެއްވި ބޭފުޅުން 

  1. ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރަކަށް މޫސާ ޒަމީރު
  2. ހޯމްލޭންޑް، ސެކިއުރިޓީ ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރަކަށް އަލީ އިހްސާން 
  3. ފޮރިން މިނިސްޓަރަކަށް އިރުތިޝާމް އާދަމް 
  4. ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރަކަށް ގީލާ އަލީ
  5. އިކޮނޮމިކް ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓަރަކަށް މުހައްމަދު ސައީދު
  6. އިސްލާމިކް އެފެއާޒަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  7. ޓުއަރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން
  8. އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރަކަށް ހީނާ ވަލީދު
  9. އިންފްރާ ސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓަރަކަށް ޑރ. އަބްދުﷲ މުއްތަލިބް 
  10. ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓަރަކަށް އަބްދުﷲ ޝަރީފް
  11. އެޑިއުކޭޝަން އެންޑް ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ޑރ. އަބްދުﷲ ޝަފ
  12. ޔޫތު، އެމްޕަވާމަންޓް އެންޑް ފިޓްނަސް މިނިސްޓަރަކަށް އަބްދުﷲ ރާފިއު
ރައީސް އޮފީހުން ބުނީ މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.

އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއަދު އިސްތިއުފާ ދެއްވި ވަޒީރުން

  • މިނިސްޓާ އޮފް ޑިފެންސްގެ މަގާމުން މުޙައްމަދު ޣައްސާން މައުމޫން
  • މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަގާމުން ޑރ. ޢަބްދުﷲ ޚަލީލް
  • މިނިސްޓާ އޮފް ހެލްތްގެ މަގާމުން ޢަބްދުﷲ ނާޒިމް އިބްރާހީމް
  • މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަގާމުން ތޯރިގު އިބްރާހީމް
  • މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. ޢާއިޝަތު ޝިހާމް
  • މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަގާމުން އާދަމް ނަޞީރު އިބްރާހީމް
  • މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުން ޑރ. މަރްޔަމް މާރިޔާ
  • މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަގާމުން އިބްރާހީމް ވަޙީދު
  • މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމުން އާދަމް ޝަރީފު ޢުމަރު
  • މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމުން ޑރ. ޢަލީ ޙައިދަރު އަޙްމަދު
މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުން މި ވޭތުވެދިޔަ މުއްދަތުގައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު