ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އައްޑޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވައިިފި
އަބްދުﷲ މައުރޫފް
31 މާޗް 2026 - 19:51
0
comments
Tweet
Telegram
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައިގެ ޚިދުމަތްތައް އައްޑޫ ސިޓީގައި އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ގާތުން ޚިދުމަތް ދިނުމުގެ މަގުސަދުގައި، އެ ދެ މުއައްސަސާގެ އޮފީހެއް އައްޑޫ ސިޓީ ހިތަދޫގައި މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާއިބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްއެވެ.
ހިތަދޫގައި އެންސްޕާ އަދި އާސަންދަ އޮފީހެއް ހުޅުވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
އާސަންދަ ކުންފުނިން ބުނީ މި އޮފީސް ހުޅުވިގެން ދިއުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، އިޖުތިމާއީ ރައްކާތެރިކަމުގެ ޚިދުމަތްތައް ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ކުރިން އައްޑޫ ސިޓީގެ ރައްޔިތުން އެންސްޕާ އަދި އާސަންދައިގެ އެކި ޚިދުމަތްތައް ހޯދުމުގައި ކުރިމަތިލާންޖެހުނު ދަތިތަކަށް ހައްލެއް ލިބި، އެއްވެސް މެދުކެނޑުމެއް ނެތި އަވަސް ޚިދުމަތްތަކެއް މި އޮފީހާއެކު އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެކަމަށް އެކުންފުނިން ބުނެ އެވެ.
އަދި މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ރައްޔިތަކު ދިރިއުޅޭ ރަށަކުން ނުވަތަ ސަރަހައްދަކުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އައްޑޫ ބިޒްނެސް ޑައިލޮގް މިއަދު ފަށައިފި
12 ދުވަސް ކުރިން
0
ހިތަދޫ އުތުރަށް ވާދަ ކުރަނީ ސޯބެ އާއި ސައީދު
19 ދުވަސް ކުރިން
0
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ޓިކެޓް ސިނާން ކަށަވަރު ކުރައްވައިފި
22 ދުވަސް ކުރިން
0
ޗެއާޕާސަން ކަމަށް ނަޝީދު ހޮވައި، ފައްޔާޒަށް ރިޔާސީ ޓިކެޓު ދޭން ތާއީދު: ނިޒާރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޭގް އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓަށް!
2 ގަޑިއިރު ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ނާޒިމަށް ؛ ތީ ފިތުނަ އުފައްދައި މީހެއް!
3 ގަޑިއިރު ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
4 ގަޑިއިރު ކުރިން
0