ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ޒަކާތު ކައުންސިލްގެ މަސައްކަތް ފަށައިފި
މަރިޔަމް އަނާ
14 ޖެނުއަރީ 2026 - 20:43
0
comments
Tweet
Telegram
ޒަކާތުގެ ގާނޫނުގެ ދަށުން ރައީސް އުފައްދަވާފައިވާ ޒަކާތު ކައުންސިލުގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލްގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ ޒަކާތާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން "މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތައް ހަރުދަނާކަމާއެކު އަމަލީ ގޮތުން ފެށުމާ ގުޅޭގޮތުންނެވެ. އަދި ޤާނޫނުގައި ކަނޑައަޅާފައިވާ ޝަރުޢީ އަދި ގާނޫނީ އޮނިގަނޑުގެ ތެރެއިން ޒަކާތުގެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފަ އެވެ.
ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ ދާއިރާތަކާ ގުޅުންހުރި އެކި މުއައްސަސާތައް ތަމްސީލުކުރާ 9 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
ޒަކާތުގެ ގާނޫނަކީ އިސްލާމްދީނުގައި ޒަކާތް ޝަރުއު ކޮށްފައިވާ މަގުޞަދުތައް ހާސިލު ކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ގާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޤާނޫނެކެވެ.
މީގެ އިތުރުން، ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ ގޮތެއްގައި މަތިން ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާއި، އެ ފައިސާ ބޭނުންކުރުމާ ގުޅޭ އާންމު އުޞޫލުތައް ކަނޑައެޅުމަކީވެސް މި ގާނޫނުގެ މަގުޞަދެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި
2 މަސް ކުރިން
0
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދެނީ
2 މަސް ކުރިން
0
ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން މި އަހަރުގެ ފިތުރު ޒަކާތް ބަހައިފި
2 މަސް ކުރިން
0
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޭގް އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓަށް!
2 ގަޑިއިރު ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ނާޒިމަށް ؛ ތީ ފިތުނަ އުފައްދައި މީހެއް!
3 ގަޑިއިރު ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
3 ގަޑިއިރު ކުރިން
0