ޚަބަރު
ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި
ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގަންނަވައިފި އެވެ.

ހޯމަ ދުވަހު ޤަތަރުގައި ކުރިއަށްގެންދިޔަ ކުއްލި ބައްދަލުވުމުގައި އިސްލާމީ ގައުމުތަކުގެ ލީޑަރުން ވަނީ ބަޔާންތައް އިއްވާފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ގަތަރަށް ފުރާ ވަޑައިގެންނެވީ އާދީއްތަ ދުވަހުއެވެ. އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވަވައި، މި މަހުގެ 9ވަނަ ދުވަހު ޔަހޫދީ އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައިގައި ގަތަރު އަދާކުރަމުންދިޔައީ ސުލްހަ ގާއިމްކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ކަމަށެވެ. އަދި އެ ގައުމުން ކުރަމުންދާ މަސައްކަތް ބަލައިގަނެ އަގުވަޒަން ކުރަން ޖެހޭ ކަމަށާއި، މިއީ މަސައްކަތާއި މެދު ނުރުހުންވެ އަނިޔާވެރިކަން އިސްކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ގަތަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ގައުމުގެ އަމީރު، ޝައިހު ތަމީމް ބިން ހަމަދު އަލްސާނީއާ ބައްދަލުކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު