ދުނިޔެ
މަހާތިރުގެ އަނބިކަނބަލުން 100 އަހަރުގައި އަވަހާރަވެއްޖެ
މެލޭޝިއާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި މަހާތިރު މުހައްމަދުގެ އަނބިކަނބަލުން އަދި އާންމު ސިއްހަތަށް ވަކާލާތުކުރެއްވި މަޝްހޫރު ބޭފުޅެއް ކަމަށްވާ ސިތީ ހަސްމާ މުހައްމަދު އަލީ އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 100 އަހަރުގައި ޑރ. ސިތީ ހަސްމާ މުހައްމަދު އަލީ، އަވަހާރަވެފައިވާއިރު، އެކަމަނާއާއި ބޮޑުވަޒީރު ޑރ. މާތިރުގެ ކައިވެނިފުޅަށް މިދިޔަ އޮގަސްޓު މަހު ވަނީ 70 އަހަރު ފުރިފަ އެވެ. އަދި ހަތް ބޭފުޅުން ތިއްބަވަ އެވެ. ޑރ. ސިތީ ހަސްމާ ޖަނާޒާ ބޭއްވުމަށްފަހު، އެކަމަނާގެ ފަސްދާނުވަޑުވާނީ އެގައުމުގެ އިދާރީ ވެރިރަށް ޕުތުރަޖާޔާގެ ޤަބުރުސްތާނެއްގައި ކަމުގައި ޑރ. މަހާތިރުގެ އޮފީހުން ވަނީ ބުނެފައެވެ.

"ގައުމު އަބަދު ވެސް ހަނދާންކުރާނީ އޭނާގެ މައިވަންތަ ސިފަތަކާއި ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގުވަޒަންކޮށް،" އަންވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު