އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަގުބޫލުކަން %33އަށް ދަށަށް ގޮސްފައިވާ ކަމަށް ރޮއިޓާސް/އިޕްސޯސް އިން ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކައިފި އެވެ.
މިއީ ޑިސެމްބަރު 2017 ގައި ޓްރަމްޕުގެ ތާއީދު އެންމެ ދަށަށް ދިޔަ ރެކޯޑާ އެއްވަރު އަދަދެކެވެ.
އާންމުންގެ ތާއީދު މިހާ ބޮޑަށް ދަށަށް ދާން މެދުވެރިވީ އީރާނާ އެކު ހިނގަމުންދާ ހަނގުރާމަ އާއި އެމެރިކާގެ މާކެޓްތަކުގައި ތަކެތީގެ އަގާއި ތެލުގެ އަގު އުފުލެމުންދިއުމުގެ ސަބަބުންނެވެ.
ރޮއިޓާސް/އިޕްސޮސް ޕޯލް އިން ދައްކާ ގޮތުގައި އެމެރިކާގެ 64 ޕަސެންޓް މީހުން މިހާރު ޓްރަމްޕްގެ މަސައްކަތްތަކާ މެދު ހިތްހަމައެއްނުޖެހެ އެވެ.މި ވޯޓުން ޓްރަމްޕްގެ ސިޔާސީ ސަޕޯޓަރުންގެ ތެރޭގައި އޮތް ކަންބޮޑުވުންތައް ވެސް ވަނީ ފާހަގަވެފަ އެވެ. ޕޮލިޓިކޯއިން ފަހުން ކުރި ސާވޭއަކުން ދައްކާ ގޮތުގައި، ޓްރަމްޕުގެ ޝިއާރު ކަމަށްވާ 'މޭކް އެމެރިކާ ގްރޭޓް އަގެއިން' (މާގާ)ގެ ސަޕޯޓަރުންގެ ގޮތުގައި އަމިއްލައަށް ފާހަގަކުރާ މީހުންގެ ތެރެއިން ހަނގުރާމައިގެ އިގްތިސާދީ ގެއްލުންތަކަކީ ވާޖިބު ކަމެއް ކަމަށް ގަބޫލުކުރަނީ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި މީހުންނެވެ.މި ހޯދުންތަކުން އެނގިގެންދަނީ، އެތައް މަހަކަށް ދެމިގެންގޮސްފައިވާ އަދި ސާފު ހައްލެއް ނުފެންނަ ހަނގުރާމައާ މެދު އާންމުންގެ ކަންބޮޑުވުންތައް އިތުރުވަމުންދާ ކަމެވެ.